ads
ލަންކާގައި 2021 ވަނަ އަހަރު އޮތް ފޯ ނޭޝަންސް މުބާރާތުގެ ތެރެއިން
ފޯ ނޭޝަންސް ކަޕެއް ލަންކާއިން ބާއްވަނީ، ރާއްޖެ ހިމެނޭ
އަންނަ އަހަރު، އަނެއްކާވެސް ފޯ ނޭޝަންސް އިނިވިޓޭޝަން ކަޕެއް ބާއްވަން ލަންކާއިން ނިންމައި، ދައުވަތު ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަންނަ އަހަރުގެ ޖޫން މަހު ފޯ ނޭޝަންސް ކަޕެއް ބާއްވަން ލަންކާއިން އަންނަނީ ތައްޔާރުވަމުންނެވެ. މިހާތަނަށް އަދި ކަންކަން ފައިނަލް ނުވިޔަސް، މި މުބާރާތަށް ދައުވަތު ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖެއާއެކު ޝޯޓް ލިސްޓްކޮށްފައިވާ އަނެއް ދެ ގައުމަކީ، ބުރޫނާއީ އަދި މަކާއޯއެވެ. 

2021 ވަނަ އަހަރު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައިވެސް ރާއްޖޭން ބައިވެރިވިއެވެ. އެހެންނަމަވެސް އެފަހަރު ރާއްޖެއަށް ދިމާވީ ވަރަށް ނަސީބު ދެރަ ގޮތެކެވެ. ލަންކާއާ އެއްވަރުވީރު ބަންގްލަދޭޝް އަދި ސީޝެލްސް އަތުން ވީ ބައްޔެވެ. އެ މުބާރާތް ކާމިޔާބު ކުރީ ސީޝެލްސްއިންނެވެ. 

ލަންކާގެ ފުޓްބޯޅަ ފޯރި ގަދަވެފައިވަނިކޮށް އެ ގައުމަށްވަނީ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައެވެ. ފީފާގެ ސަސްޕެންޝަނާ ހުރެ މި އަހަރުގެ ޖޫން / ޖުލައިގައި އިންޑިޔާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާ ނުކުޅެއެވެ. އެހެންނަމަވެސް މިހާރުވަނީ ލަންކާގެ ސަސްޕެންޝަން އުވާލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް