ads
ކޮވިޑުގެ އާ ވޭރިއަންޓު
ކޮވިޑުގެ އާ ވޭރިއަންޓުން ތަފާތު ބިރުވެރި އަލާމާތެއް ފެންނަން ފަށައިފި
ކޮވިޑުގެ އާންމު އަލާމަތްތަކުގެ ތެރޭގައި ހުމުގެ އިތުރުން ދިގުދެމިގެންދާ ކެއްސުން ހިމެނެއެވެ. ނަމަވެސް އަލަށް ފެނުނު ކޮވިޑުގެ ވޭރިއަންޓުތަކުން މިވަނީ އެހެން ނޫނީ ނުފެންނަ ފަދަ އަލާމާތެއް ފެންނަން ފަށާފައެވެ.

އާ ވޭރިއަންޓުން ބަލިޖެހިފައިވާ މީހެއްގެ އަނގައިން ފެނިދާނެ އެއް އަލާމާތެއް އެބަހުއްޓެވެ. މި އަލާމާތަކީ އެޗްވީ.1 އަދި ޖޭއެން.1 ހިމެނޭ ގޮތަށް ކޯވިޑުގެ އާ ވެރިއަންޓުތަކުގެ ގެ ސަބަބުން ދިމާވާ އަލާމާތެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ކޮވިޑުގެ އަލާމާތް އަނގައިން ދެނެގަންނާނީ ކިހިނެތް؟

"ކޮވިޑް ޓޮންގް" ގެ ނަމުން މަޝްހޫރު މި އަލާމަތް ބަލިޖެހޭ މީހެއްގެ ދުލުން ފެނެއެވެ. މިގޮތުން ދޫ ދުޅަވުމާއި ދޫ ހުދުވުން ހިމެނެއެވެ. 

ދޫ ދުޅަވެ ދޫ ފަޅައިގެންވެސް ބައެއް މީހުންގެ ގޮސްފައި އެބަހުއްޓެވެ. 

 އެހެނިހެން އަލާމާތްތަކުގެ ތެރޭގައި  ދޫ މާބޮޑަށް ރަތްވުމާއި، ދުލުން ދިލަ ނެގުމާ، ރަހަ ގެއްލުމާއި، ދޫ އައްސިވުން ހިމެނެއެވެ. އަދި ބައެއް ފަހަރު ދުލުގައި ބިހިވެސް ނަގައެވެ. 

ބަލި ފެތުރެނީ ކޮންތަންތަނެއްގަ؟ 

މި ބަލި މިވަގުތު އެންމެ ގަދައަށް  ފެތުރެނީ އެމެރިކާގައެވެ. އެ ގައުމުގައި އެންމެ ގަދައަށް ފެތުރޭ ސްޓްރޭންއަކަށް އޮމައިކްރޮން ވެރިއަންޓް އެޗްވީ.1 ވެފައިވާއިރު، ޖޭއެން.1 ދާދި ފަހުން ވަނީ އިނގިރޭސިވިލާތް، އެމެރިކާ، އައިސްލޭންޑް، ޕޯޗުގަލް އަދި ސްޕެއިން ފަދަ 12 ގައުމަކުން ފެނިފައެވެ.

10%
ކަމުގޮސްފި
70%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް