ads
ޖެންޑާ މިނިސްޓްރީގެ ފިލްމު ޒޯޔާ ނެރުން
ޖެނަޑާ މިނިސްޓްރީގެ ފިލްމު "ޒޯޔާ" ނެރެފި
މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން ތައްޔާރުކޮށްފައިވާ ފީޗާ ފިލްމު "ޒޯޔާ" އޮލިމްޕަސް ސްކްރީނަށް ނެރެފިއެވެ

މި ފިލްމަކީ އެ މިނިސްޓްރީނ ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ނެރުނު ފިލްމެކެވެ.  

މި ފިލްމު ނެރެދެއްވީ އަންގާރަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. 

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ރިޓަޔަރޑް މުޙައްމަދު ފައްޔާޒު ގިލާނީ އާއި ޖެންޑަރ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ އާއި އަރޓްސް އެންޑް ކަލްޗަރ މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ޙަސަން ވިދާޅުވީ، ގެވެށި ގުޅުން ކެމްޕޭނަކީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށް ވެގެންދާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް