ads
މާނިއު
އަވަސް އަރުވާލައިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިއު
ޖޭއެސްސީގެ މެމްބަރުކަމުން މި ހަފްތާގައި އިސްތިއުފާ ދެއްވި، ޢަބްދުލްމާނިޢު ޙުސައިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީގެ މެމްބަރުކަމުން މި ހަފްތާގައި އިސްތިއުފާ ދެއްވި، ޢަބްދުލްމާނިޢު ޙުސައިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން މިއަދު ނިންމިއިރު، މާދަމާ މާނިއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ މިއަދުއެވެ. އަދި އެ މަގާމަށް މާދަމާ އާ ފަނޑިޔާރަކު އައްޔަން ކުރުމަކީ، މިހާތަނަށް ރާއްޖޭގައި އެންމެ އަވަހަށް ފަނޑިޔާރަކު އައްޔަން ކުރި އައްޔަން ކުރުމަށްވާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މާނިއު މި އައްޔަން ކުރަނީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، އަހްމަދު ޝަކީލް ރިޓަޔަރކުރެއްވުމުންނެވެ. ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވި ޝަކީލް ރިޓަޔަކުރީ މިއަދުއެވެ. ޝަކީލް ރިޓަޔަކުރެއްވީ ސިއްހީ ހާލަތާ ހުރެއެވެ. ޝަކީލަކީ ރައީސް ޔާމީނަށް ހުކުމް ކުރި ފަހުން ޕްރޮމޯޝަން ލިބި ހައިކޯޓަށް ބަދަލުވި ފަނޑިޔާރެކެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ޢަބްދުލްމާނިޢު ޙުސައިން އިސްތިއުފާ ދެއްވައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ހަ މީހެއްގެ އިންޓަވިޔު އޮތީ މިއަދުއެވެ.

ޢަބްދުލްމާނިޢު ޙުސައިން އަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނެވި މެންބަރެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޢަބްދުލްމާނިޢު ޙުސައިން އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް