ads
އަބްދުއްރަހީމް: ރައްޔިތުންގެ މަޖިލިހުގެ ރައީސް ހޮވުމަށް ނަގާ ވޯޓު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި - ފޮޓޯ:މަޖިލިސް
އަބްދުއްރަހީމް، މަޖިލިސް ރައީސްކަން ލިބޭނެކަމުގެ އުންމީދުގައި
ފެށޭ މަހުގެ 28 ވަނަ ދުވަހު އެކުލަވާލާ ރައްޔިތުންގެ މަޖިލިހުގެ ރައީސް ހޮވުމަށް ނަގާ ވޯޓު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ހާމަކުރައްވައިފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ލިބިވަޑައިގަތް ކާމިޔާބީ ފާހަގަކުރަން ރޭ ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ލަހެއް ނުވެ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ގޮތުން ސިޔާސީ ގޮތުން މިއަދު ހުރި ހިސާބަށް އާދެވިފައިވަނީ ފޮނަދޫގެ ރައްޔިތުންގެ ކުރި ތާއީދާއި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ،" މި އެޑްމިނިސްޓްރޭޝަނުގައި އެ އަތޮޅަށް ނިސްބަތްވާ ދެ ބޭފުޅަކަށް ކެބިނެޓުން ފުރުސަތުދީފައި ވުމަކީ އަތޮޅުގެ ތާރީހު ބަދަލުކޮށްލުންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިޔާސީގޮތުން މިއަދު ހުރި ހިސާބަށް އާދެވިފައި ވަނީ ފޮނަދޫގެ ރައްޔިތުން ކުރި ތާއީދާއި އިތުބާރާ އަދި އެހީތެރިކަމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ކޮންމެ މަގާމަކަށް ދިޔަ ނަމަވެސް އޭނާގެ ހަނދާނުގައި އެކަން ހުންނާނެ ކަމަށެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަޖިލިހުގެ ރައީސްކަމުގެ ގޮނޑިއަށް އޭނާގެ ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މެއި 28 ވަނަ ދުވަހުގެ ފަހުން ލ. އަތޮޅުގައި އުފާފާޅުކުރާނެ ކަމަށާއި އެކަމުގެ އިންތިޒާރުގައި އަތޮޅުގެ ރައްޔިތުން ތިބުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި 93 ބޭފުޅުން ހުވާކުރެއްވުމަށް ފަހު، ފުރަތަަމަ ކަަމަކަށް އޮންނާނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެކަން ކުރާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވިހިވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބްތްވެވަޑައިގަންނަވާ 73 މެންބަރުން އެބަތިބި އެވެ. އެހެން ކަމުން މަޖިލިސް ރައީސްކަމަށް އަންނާނީ، ޕީއެންސީގެ ފަރާތުން އެންޑޯސް ކުރާ ބޭފުޅެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް