ads
އަކްރަމް ކަމާލުއްދީން
ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި
ގެދޮރުވެރިޔާ މަޝްރޫގެ ދަށުން ކުރިއަށް ގެންދާ ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފިއެވެ.
Advertisement

އޭސީސީން އެ ގޮތަށް އެންގީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އެންމެ ފަހުގެ ނުވަތަ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިރޭ އާއްމުކޮށްފައި ވަނިކޮށެވެ. 

ސަރުކާރުން އަންނަނީ ފްލެޓް ލިސްޓު އާއްމުކޮށް މިހާރު ގުރުއަތު ނަގަމުންނެވެ. ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އާންމު ކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ އިރާކޮޅުއެވެ. 

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ނެރެ އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅަން ގުރު ނަގާފައި މިވަނީ އެ މަަސައްކަތް އާ ސަރުކާރަށް ދޫކޮށްލަން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިފައި ވަނިކޮށެވެ.

އޭސީސީގެ ތަހުގީގަށް ފާހަވެފައި ވަނީ އެނގިފައިވާ ގޮތުގައި، ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމެވެ. 

އޭގެ އިތުރުން ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް އެކަން ނުކުރާކަން އޭސީސީގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށްވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް