 
                                                                                                
                    އާލިއާ ވަނީ ކޮފީވިތް ކަރަންގެ އެންމެ ފަހު ޝޯގައި ކަރީނާ ކަޕޫރާއެކު ބައިވެރިވެފައެވެ. ކަރީނާއަކީ ރަންބީރުގެ އާއިލާ މެންބަރެކެވެ.
މި ޝޯގައި ކަރަން ޖޯހަރުވަނީ ރަންބީރަކީ "ޓޮކްސިކް" މީހެއްކަމަށް ބުނެ އިންޓަނެޓުގައި ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
މިގޮތުން އާއިލާ ތުންފަތުގައި ލިޕްސިޓް ރަންބީރު ހުއްޓުވައިފައި އޮންނަކަމަށްވެސް ބުނެ ގިނަބަޔަކު އަންނަނީ ރަންބީރަށް ފާޑުކިޔަމުންނެވެ.
މި ވާހަކަތަކަށް ރައްދުދެމުން އާލިއާ ބުނީ އޭނާގެ ފިރިމީހާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ މެދު ހިތާމަކުރާކަމަށެވެ. އަދި އަލިއާ ބުނީ ދެމަފިރިންގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅު ކަންކަން ކުރަން އެބަހުރިކަމަށެވެ.