ads
ބިސް
ކޮންމެ ދުވަހަކު ބިސް ކެއުމަކީ ރައްކާތެރިކަމެއްތަ؟
އެމެރިކާގެ މިސޫރީގެ ކެންސަސް ސިޓީގައި ހުންނަ ސެއިންޓް ލޫކްސް މީޑް އެމެރިކާ ހާޓް އިންސްޓިޓިއުޓްގެ ކާޑިއޯ ވެސްކިއުލާ ރިސާޗް ސައިންޓިސްޓެއް އަދި ޑޮކްޓާ އޮފް ފާމަސީ ޑރ ޖޭމްސް ޑިނިކޮލަންޓޯނިއޯ ދެކެވަޑައިގަންނަވާ ގޮތުގައި ބިސް ގިނައިން ބޭނުންކުރުމަކީ ހިތުގެ ބަލި މަދުވުމާއި ފަލަވުމާއި ޓައިޕް 2 ބަލި އަދި ކޮގްނިޓިވް ދަށްކޮށްދޭނެއެއްޗެކެވެ.
Advertisement

ޑރ ޖޭމްސް ޑިނިކޮލަންޓޯނި ވިދާޅުވަނީ “ބިހަކީ ގޯސް އެއްޗެއް ނޫން. ބިހަކީ ގުދުރަތުގެ މަލްޓިވިޓަމިނެއް”ކަމަށެވެ. 

މި އަހަރު ނިއުޓްރިއެންޓްސް ޖާނަލްގައި ޝާއިއުކުރި ދިރާސާއަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ކުކުޅު ބިހުން ކޮލިން، ފޮލޭޓް، ވިޓަމިން ޑީ، އަޔޮޑިން، ބީ ވިޓަމިންސް އަދި މަތީ ފެންވަރުގެ ޕްރޮޓީން ލިބޭއިރު، ބިސް ކެއުމަކީ ހައިޕަރކޮލެސްޓްރޯލޭމިއާ އަދި ކާޑިއޯ ވެސްކިއުލަރާ ބަލިތަކުގެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގައުމީ އިދާރާތަކުން މިހާރު ނުދެކެއެވެ. ނަމަވެސް ގަވާއިދުން ބިސް ކެއުމުން ލިބޭ ފައިދާތަކާއި އެކު ނުރައްކާތަކުގެ ސުވާލުތައް ވެސް އެބަހުއްޓެވެ.

މި ދިރާސާގައި ބުނެފައިވަނީ ބިހަކީ ވަރަށް ގިނައިން ނިއުޓްރިޝަން އެކުލެވޭ، ލިބެން ހުންނަ، އަދި އަގުހެޔޮ އެއްޗެއް ކަން ފާހަގަކޮށްފައިވެއެވެ. " ބިހަކީ ރިސްކު ބޮޑު އެއްޗެއްގެ ބަދަލުގައި ނިއުޓްރިޝަންސް ގިނަ ސިއްހަތަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކެވިދާނެ އެއްޗެއް" ކަމަށް އެ ޖާނަލްގައި ބުނެފައިވެއެވެ. 

ބިހަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިދޭ މާއްދާތަކެއް އެކުލެވޭ ކާނާއެއްކަން ޝައްކެއްވެސްނެތްގޮތުގައި ސާބިތުވެފައިވާ އެއްޗެކެވެ. އެއީ މަތީ ފެންވަރުގެ ޕްރޮޓީން، ވިޓަމިން، އަދި ވިޓަމިން ޑީ، ވިޓަމިން ބީ12، އަދި ސެލެނިއަމް ފަދަ މައުދަންތަކުގެ ރަނގަޅު މަސްދަރެކެވެ. މީގެ އިތުރުން ބިހުގައި ސިކުނޑީގެ ސިއްހަތާއި ލޮލުގެ ސިއްހަތަށް އެހީތެރިވެދޭ ސިއްހަތަށް ފައިދާހުރި ފެޓްސް އާއި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވެއެވެ.

މުމްބާއީގެ ބާޓިއާ ހޮސްޕިޓަލް ކޮންސަލްޓަންޓް އިންޓަނިސްޓް ޑރ ސަމްރަތު ޝާހު ވިދާޅުވީ އާންމުކޮށް ހަފްތާއަކު ހަތް ބިސް ކެއުމަކީ ރައްކާތެރި ކަމެއް ކަމަށް ބެލެވޭކަމަށެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް