ads
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ: އީވާ މަގާމުން ވަކިކުރުމަށް ހަވީރު ޖަލްސާއެއް ބާއްވާ ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް މަޖިލިހުން ވަނީ ބުނެފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ނައިބު ރައީސްކަމުން ވަކިކުރަން އީވާއަށް ނޯޓިސްް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން އީވާއަށް ނޯޓިސްް ފޮނުވައިފިއެވެ.
Advertisement

މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްދީ އެކަން މެންބަރުންނަށް އެންގެވީ މަޖިލީހުގެ އަމީން އާއްމު ފާތުނަތު ނިއުޝާ ސޮއި ކުރައްވާ މިއަދުއެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ 50 މެމްބަރުންގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވިއިރު، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްވަނީ އިންތިހާބު ކޮށްފައެވެ. 

އީވާ މަޖިލީހުގެ ނާއިބު ރައީސްކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމަށް އީވާވަނީ އެކި ގޮތް ގޮތުން ނުފޫޒު ފޯރުވައި އަމިއްލަ މަސްލަހަތު އިސްކުރައްވާފައެވެ. އަދި ގަސްތުގައި ގަވައިދާ ހިލާފަށް އެތައް ފަހަރެއްގެ މަތީން އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި އީވާ އާއި ނަޝީދަކީ ދެބެންދެދަރި ބޭފުޅުން ކަމަށްވީއިރު، ނަޝީދުގެ މައްސަލައިން ތަނާޒުލުވާން ދެކޮޅު ހައްދަވާފައިވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން ގަރާރު ހުށަހަޅާފައިވާއިރު، އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ހުށަހަޅާފައިވާ ގަރާރުގައި އެމްޑީޕީގެ 49 މެންބަރުންގެ އިތުރުން މިނިވަން މެންބަރެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް