ads
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްްދީން ފޮޓޯ: ރާއްޖެ.އެމްވީ
އޭސީސީއަށް ގޮން ޖަހައި، ފްލެޓް އެގްރީމެންޓްގައި ސޮއިކުރަން ފަށައިފި
ފްލަޓާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގާފައިވަނިކޮށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ ފަރާތްތަކާއެކު ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރަމުންދާ ފްލެޓުތަކަށް ލިބޭ މީހުންނާއެކު ހައުސިން މިނިސްޓްރީން އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޮންލައިންކޮށް، އެގްރިމެންޓުތައް ފޮނުވައިގެންނެވެ. މި މަސައްކަތް މިހާރު ފަށައި، ބައެއް މީހުން އެގްރީމެންޓްތަކުގައި ސޮއިކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އަވަސް އަރުވާލައިގެން ވަކި ބަޔަކަށް ފްލެޓް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިނިސްޓްރީން ގެޒެޓު ކުރީ އިއްޔެ އެވެ. އެއާއެކު ފްލެޓުތަކުގެ ގުރުނެގުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ގުރު ނެގީ މިނިސްޓްރީގެ އޮފިޝަލުންނެވެ.

އެ މަސައްކަތް ކުރިއަށް ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ފްލެޓު ދިނުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް އަންގާފައެވެ. އެކަން އޭސީސީގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް, ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން އޭސީސީގެ ރަސްމީ ބަހެއް މިހާތަނަށް ނުލިބެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް