ads
އޮސްޓްރޭލިއާ ކުޅުންތެރިން
ކްރިކެޓް ވޯލްޑްކަޕް: ސައުތު އެފްރިކާ ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލްގެ ފަހު ޖާގަ އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

އޮސްޓްރޭލިއާ ފައިނަލަށް ދިޔައީ، ފަހު ސެމީގައި މިރޭ ސައުތު އެފްރިކާ ބަލިކޮށްގެންނެވެ. އޮސްޓްރޭލިއާއިން މިރޭ ސައުތު އެފްރިކާ ބަލިކުރީ، ތިން ވިކެޓުންނެވެ. 

މި މެޗުގެ ޓޮސް ދިމާވީ ސައުތު އެފްރިކާއަށެވެ. ސައުތު އެފްރިކާއަށް ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ އެންމެ ކުރިން ކުޅެން އަރާށެވެ. ސައުތު އެފްރިކާ ކުޅެން އަރައި، 49.4 އޯވަރުން ހެދުނީ 212 ލަނޑެވެ. 

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން ނުކުމެ، 47.2 އޯވަރުން 215 ލަނޑު ހަދައި މެޗު ކާމިޔާބު ކުރީއެވެ. 

ސައުތު އެފްރިކާ ބަލިކޮށް ފައިނަލުން ފުރުސަތު ހޯދި، އޮސްޓްރޭލިއާ ފައިނަލުގައި ކުޅޭނީ މުބާރާތް ހޯސްޓްކުރާ އިންޑިޔާއާއެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލަށް އިންޑިޔާ ދިޔައީ ފުރަތަމަ ސެމީގައި ނިއުޒީލެންޑް ބަލިކޮށްގެންނެވެ. އިންޑިޔާވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް