ޓިންޑާއިން ލޯބީގެ ގޮތުން ގުޅޭނެ މީހަކު ހޯދުމަށް މަސައްކަތް ކުރަނިކޮށް އެނާގެ އަންހެނުން އޭރީއާ ދިމާވެފައިވަނީ އަނބިމީހާ މަރުވިތާ ދެ އަހަރު ފަހުންނެވެ.
އަންހެނުންގެ ޕްރޮފައިލް ފޮޓޯތަކުން އޭގެ ކުރިން ދުވަހަކުވެސް ނުފެންނަ ފޮޓޯތަކެއް ވެސް ފެނިފައިވާކަމަށް އޭނާ ބުންޏެވެ.
ހަމައެކަނި އޭނާގެ އަންހެނުންނަށް އެނގޭ ކަންތައްތައް ވެސް ދިމާވި މީހާ ކިޔައިދީފައިވާ ކަމަށެވެ.
ޓިންޑާގައި ޖަހާފައިވަނީ އަނބިމީހާގެ ނަމާއި ފޮޓޯކަމަށް ވެސް އޭނާ ނޫސްތަކަށް އިންޓަވިއުދެމުން ބުނެފައިވެއެވެ.
ޑެރެކްގެ އަނބިމީހާ އޭރީ މަރުވެފައިވަނީ ކެންސަރު ބަލީގައެވެ. އިނގިރޭސި ވިލާތުގެ ކަމާބެހޭ އިދާރާތަކުން ރެކޯޑުކޮށްފައިވާގޮތުން އޭރީ މަރުވެފައިވަނީ ގުދުރަތީ މަރެކެވެ.
ޓިންޑާގައި އޭނާ އަނބިމީހާގެ ފޮޓޯއާ ނަން ބޭނުންކުރާތީ އެކަން އެގޮތަށް ނުކުރުމަށް އެދި އެރިކް ވަނީ މެސެޖުކޮށްފައެވެ. ނަމަވެސް ގިނަ ވަގުތަކެއް ވަންދެއް މެސެޖަށް ރިޕްލައިނުކޮށް ހުރުމަށްފަހު، އޭނާ އަށް މެސެޖުގެ ރިޕްލައި އައީ މެންދަމުއެވެ.
"އަހަރެން މިހުރީ ބޭރުގަ. ވަރަށް ބޮޑަށް މިސްވޭ. އަހަރެން ގެއަށް ވައްދައިދީ،" މިހެން ބުނެ ޓިންޑާއިން އަނބިމީހާ ދަންވަރު މެސެކު ކުރިކަމަށް ވެސް އެރިކް ވަނީ ބުނެފައެވެ.
އެ މެސެޖު ފެނުމުން ބިރުން ގޮސް ގޭގެ ބޮޑުދޮރު ތަޅުލެވިފައި ހުރިތޯ ބެލުމަށްފަހު އެނބުރި އައިސް އެނދުގައި އޮށޯތުމުން އިތުރު މެސެޖެއްވެސް ވަނީ އެރިކްއަށް އޭނާގެ އަނބިމީހާ ކޮށްފައެވެ.
"ޑެރީ ތި ޓިންޑާއަށް ވަނީ މާ އަވަހަށް،" އޭނާގެ އަންހެނުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
"ޑެރީ" އަކީ ހަމައެކަނި އޭނާގެ އަންހެނުން އޭނާއަށް ބޭނުންކުރާ ނަމެއް ކަމަށާއި، މި ވާހަކަތައް ނޫސްތަކަށް ހާމަކުރުމާއި ހަމައަށް އެ ނަން އޭނާގެ އަންހެނުން ބޭނުންކުރާކަން އެއްވެސް މީހެއްކައިރީ ބުނެފައިނުވާނެކަމަށް ވެސް ޑެރިކް ބުނެއެވެ.