ads
ކުވައިތު ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޑިޔާ ކުޅުންތެރިން
ވޯލްޑްކަޕް ކޮލިފައިން: އިންޑިޔާއިން އަނެއްކާވެސް ކުވައިތު ބަލިކޮށްފި
ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ދެވަނަ ބުރުގައި، ރަށުން ބޭރުގައި އިންޑިޔާއިން ކުވައިތު ބަލިކޮށްފިއެވެ.

ކުވައިތުގައި އިންޑިޔާއިން ބުރާސްފަތި ދުވަހުގެ ރޭ އެ ގައުމު ބަލިކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގައި އިންޑިޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅުގައި ޖެހީ މަންވީރު ސިންގއެވެ. މި މެޗުގައި އިންޑިޔާ ޓީމު ލީޑު ކުރީ ލެޖެންޑަރީ ފޯވާޑު ސުނިލް ޗެތްރީއެވެ. 

އިންޑިޔާއިންވަނީ ޖޫން / ޖުލައިގައި އެ ގަައުމުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައިވެސް ކުވައިތު ބަލިކޮށްފައެވެ. އެ ފަހަރު ކުވައިތުގެ މައްޗަށް އިންޑިޔާއިން ކުރި ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން ގްރޫޕް ސްޓޭޖުގައި އިންޑިޔާއާ ކުވައިތު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. 

ރަށުން ބޭރުގައި އިންޑިޔާއިން ކުވައިތު ބަލިކުރިއިރު، އެ ގްރޫޕުގެ އަނެއް މެޗުން ގަތަރު ވަނީ ބޮޑު ތަފާތަކުން އަފްގާނިސްތާނު ބަލިކޮށްފައެވެ. އަފްގާނިސްތާނާ ގަތަރުގެ މެޗުން ގަތަރު މޮޅުވީ އަށް ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް