އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތަށް ކޮލިފައިވާން އިޓަލީއަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ކޮލިފައިންގައި ހޯމަ ދުވަހު ޔޫކްރޭން އަތުން ޕޮއިންޓެއް ކަށަވަރުކޮށްގެން އިޓަލީއަށް ޔޫރޯއަށް ކޮލިފައިވެވޭނެއެވެ.
ނޯތު މެސެޑޯނިއާ އަތުން އިޓަލީ ރޭ މޮޅުވީ، ފަސް ލަނޑު ދެ ލަނޑުންނެވެ. މިނަތީޖާގެ ސަބަބުން އިޓަލީ ގްރޫޕް ސީގެ ދެ ވަނަ އަށްވަނީ ކުރިއަށް ޖެހިފައެވެ. ގްރޫޕް ލީޑު ކުރަނީ މިހާރުވެސް ޔޫރޯއަށް ކޮލިފައިވެފައިވާ އިންގްލޭންޑެވެ.