އުމުރުން 23 އަހަރުގެ ރެއާލް މެޑްރިޑް ތަރީގެ މެޑިކަލް ޓެސްޓްތަކުން އެނގުނު ގޮތުގައި އުނަގަނޑުގެ މަސްގަނޑަށް އަނިޔާއެއްވަނީ ލިބިފައެވެ. އެކަން ބްރެޒިލްގެ ފެޑެރޭޝަނުންވަނީ ކަށަވަރުކޮށްދީފައެވެ.
ބްރެޒިލްވަނީ މިދިޔަ ހަފްތާގައި ކޮލަމްބިއާ އަތުން ބަލިވެފައެވެ. ވިނިޝިއަސް އަށް އަނިޔާވީ އެ މެޗުގައެވެ.
ބްރެޒިލް ޓީމަށް މީގެ އިތުރުންވެސް އަނިޔާގެ ބައެއް މައްސަލަތައްވަނީ ކުރިމަތިވެފައެވެ.ގޯލްކީޕަރު އެޑަރސަން އާއި ޑިފެންޑަރު ޑެނިލޯ އާއި މިޑްފީލްޑަރު އަދި ކެޕްޓަން ކަސެމީރޯ އަދި ސްޓާ އެޓޭކަރު ނޭމާއަކީވެސް އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުގައި ތިބި ކުޅުންތެރިންނެވެ.