ads
އެމްބާޕޭ
ފްރާންސުން ޖިބްރޯލްޓާ ކޮޅަށް 14 ލަނޑު ޖަހައިފި
ޔޫރޯ ކޮލިފައިންގައި ފްރާންސުން ޖިބްރޯލްޓާ ކޮޅަށް 14 ލަނޑު ޖަހައިފިއެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއިން މިހާރުވެސް ޖާގަ ހޯދާފައިވާ ފްރާންސުން އަމިއްލަ ދަނޑުގައި ޖިބްރޯލްޓާ ކޮޅަށް 14 ލަނޑު ޖެހިއިރު، ކެޕްޓަން އެމްބާޕޭވަނީ ހެޓްރިކެއް ހަދައިފައެވެ. 

އެމްބާޕޭގެ ހެޓްރިކް އާއި ކިންގްސްލޭ ކޯމަން އަދި އޮލިވިއާ ޖިރޫ، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ހިމެނެ އެވެ.

އަދި އުމުރުން 17 އަހަރާއި އަށް މަހާއި 11 ދުވަހުގެ ވޮރެން ޒައިރޭ-އެމެރީ ޖެހި ލަނޑާއެކު، އޭނާ ވެގެން ދިޔައީ 1914 ވަނަ އަހަރަށް ފަހު ފްރާންސަށް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުން ފްރާންސް މިހާރު ވެސް، އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯއަށް ކޮލިފައިވި އިރު 21 ޕޮއިންޓް ލިބިފައިވެ އެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުން ޖާގަ އޮތީ ނެދަލެންޑްސް އާއި ގްރީސްއަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް