ads
ކްރިމިނަލް ކޯޓު
ކުށް ނުކޮށް ހުރެވޭނީ ބަންދުކޮށްގެން ކަމަށް ބުނެ، ބަންދުކޮށް ދޭން އެދެފި
ކުށް ނުކޮށް ހުރެވޭނީ ބަންދުކޮށްގެން ކަމަށާއި އެހެންކަމުން ބަންދުކޮށްދިނުމަށް ކޯޓަށް ހާޒިރު ކުރި މީހަކު އެދެފި އެވެ.

ވައްކަމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރި، އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އެދުނީ، ބަންދުކޮށްފި ނަމަ ދުވަސްކޮޅަކު ސަލާމަތުން ހުރެވޭނެ ކަމަށް ވާތީ ބަންދު ކޮށްދިނުމަށެވެ. 

އޭނާ ބަންދު ކުރަން ކޯޓުގައި ފުލުހުންގެ ފަރާތުން އެދުނީ 15 ދުވަހަށެވެ. އެހެންނަމަވެސް އެ މީހާ، އެދުނު ގޮތަށް ޝަރީއަތުން ވަނީ އޭނާގެ ބަންދު އިތުރު 15 ދުވަސް ކަނޑައަޅައި ޖުމްލަ 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އެދިފަ އެވެ. 

މި މީހާ ބަންދުކޮށްފައިވާ މައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ބަންދު އަމުރު ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް