ads
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ތެރެއިން
ޓޫރިޒަމް ޕްރޮމޯޓު ކުރަން ކައުންސިލެއް އުފައްދައިފި
ރާއްޖޭގައި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން އިތުރު ކައުންސިލެއް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި އެ ކައުންސިލް އުފައްދާފައި ވަނީ އާ ސަރުކާރުން މިއަދު ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އަލަށް އުފެއްދި ވިޒިޓް ކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަމުގެ އެކި ކޮމްޕޯނެންޓުތައް ޕްރޮމޯޓުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޑައިވަސިފައިކޮށް ހެލްތު ޓޫރިޒަމާއި އިކޯ ޓޫރިޒަމް އަދި ކަލްޗްރަލް ޓޫރިޒަމް ފަދަ ޓޫރިޒަމްގެ އެކި ބާވަތްތައް ޕްރޮމޯޓު ކުރުމާ ގުޅޭ މަސައްކަތްތައް ކުރާނީ މި ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.

"މި ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުން،" ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވަން ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން އެކުލަވާލި މި ކައުންސިލާ އެކު ރާއްޖޭޭގައިި ސިއްހީ ޓޫރިޒަމް އާއި ދަތުރުފަތުރު އަދި ތައުލީމީ ޓޫރިޒަމް ފަދަ ޓޫރިޒަމްގެ އިތުރު ކޮމްޕޯނެންޓުތައް ކުރިއެރުވުމުގެ މަސައްކަތް ކުރާނެ އެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރާ ކައުންސިލަކާއެކު އިތުރު ކައުންސިލް ތަކެއް ވަނީ މިއަދު އުފައްދަވަން ނިންމަވައިފަ އެވެ. އެއީ، ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލް އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލް ކަމަށެވެ. 

ރައީސް އޮފީހުން ބުނިގޮތުގައި، ސޯޝަލް ކައުންސިލްގެ ޗެއާއަކަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައިވާއިރު އިކޮނޮމިކް ކައުންސިލްގެ އިސްވެރިއަކަށް ހަމަޖެއްސެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލް ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުހައްމަދު މުއިއްޒުވެ. 

ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ ރާއްޖޭގެ އިގުތިސާދުގެ މައި އަސާސް ކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. މިކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ ދެވަނަ ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.

ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލުގެ ނަމުގައި ކުރީ ސަރުކާރުން ވެސް ދެ ކައުންސިލެއް ހިންގި އެވެ. ނަމަވެސް ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ މުޅިން އާ ކައުންސިލެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް