
އިންޑިޔާގެ ވިރާތް ކޯލީ
ކްރިކެޓް ވޯލްޑްކަޕް: މުޅި އިންޑިޔާ ރޮއްވާލައި އޮސްޓްރޭލިއާ ވޯލްޑްކަޕް ހޯދައިފި
ސްޕޯޓްސް ޓީމް
19 ނޮވެންބަރ 2023 - 20:52:21
މުޅި އިންޑިޔާ ރޮއްވާލައި، އޮސްޓްރޭލިއާއިން ކްރިކެޓް ވޯލްޑްކަޕްގެ ޗެމްޕިއަންކަން، އިންޑިޔާގައި އިންޑިޔާ ބަލިކޮށް މިރޭ ހޯދައިފިއެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދިޔަ އިންޑިޔާގެ މައްޗަށް، އިންޑިޔާގެ 132000 މީހުން ވަދެ ތިބި ދަނޑެއްގައި އޮސްޓްރޭލިއާ މިރޭ ކުރި ހޯދީ ފަސޭހަކަމާއެކުއެވެ. އިންޑިޔާ އަތުން އޮސްޓްރޭލިއާ މޮޅުވީ، ހަ ވިކެޓުންނެވެ.
ފައިނަލް މެޗުގެ ޓޮސް ދިމާވީ އޮސްޓްރޭލިއާއަށެވެ. އޮސްޓްރޭލިއާއަށް ޓޮސް ދިމާވުމުން އެ ގައުމުން ގަސްދުކުރީ ފުރަތަމަ އުކާށެވެ. އިންޑިޔާއިން ކުޅެން އަރައި، 50 އޯވަރުން ހެދުނީ، 240 ލަނޑެވެ.
ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން ނުކުމެ، އިންޑިޔާގެ ނަތީޖާ އަތުލީ 3 ކުޅުންތެރިން ނުބައިވެގެންނެވެ. އެއާއެކު ކްރިކެޓް ވޯލްޑްކަޕްގެ ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް ލިބުނީއެވެ.
60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް