ads
އެމް-ފައިސާ އިން ބިލްތައް ދައްކައިގެން އައިފޯން 15 ޕްރޯ މެކްސް އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށުން
އައިފޯނު 15 ލިބޭ ޕްރޮމޯޝަނެއް އުރީދޫ އެމް-ފައިސާ ކަސްޓަމަރުންނަށް ފަށައިފި
ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް އެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހަ މަސްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި، އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިިން ކޮންމެ ދެ މަހަކުން ނަސީބުވެރިއަކު ހޮވައި އައިފޯން 15 ޕްރޯ މެކްސް އެއް ދޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު 1،500ރ. އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްތައް އެމް-ފައިސާއިން ކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީޑްރޯ އަށް ދާނެ ކަމަށެވެ. 

އެމް-ފައިސާއަށް ރަޖިސްޓްރީ ކުރެވޭނީ އުރީދޫ އެޕް ޑައުންލޯޑްކޮށްގެންނެވެ. އެ ހިދުމަތް މެދުވެރިކޮށް ޔޫޓިލިޓީ ބިލްތަކާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ. އަދި އުރީދޫއިން ޕާޓްނާޝިޕް ހަދާފައިވާ ވިޔަފާރިތަކާ ގުޅުންހުރި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. 

އެމް-ފައިސާއަށް ރަޖިސްޓްރީ ކުރާނެ ގޮތް

  • އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ
  • އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަންއަށް ފިތާލައްވާ
  • އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
  • މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
  • މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖައްސަވާ
  • ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް