އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް ރިޗާ އަދި އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު އަލީ ފަޒަލް ވަނީ ގޭގައި އެދެމީހުން ނަގާފައިވާ ވީޑިއޯ އެއް ހިއްސާކޮށްފައެވެ.
އެވީޑިއޯއިން ފެނިގެންދަނީ ދެމީހުން ކަންކަމާ މަޝްވަރާ ކުރާ މަންޒަރެވެ. އެގޮތުން ރިޗާ ވަނީ ކެއްކުމަކީ އޭނާ ވަރަށް ފޫހިވާ ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ދުވާލަކު ތިން ފަހަރު ކައްކަން ޖެހޭކަމަށް ރިޗާ ވަނީ ބުނެފައެވެ.
ފަޒަލް އާއި ރިޗާ މިއަހަރުގެ އެޕްރީލް މަހުގައި ކައިވެނި ކުރާނެ އަޑުތައް ވަނީ އަރާފަ އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން އެކައިވެނި މިހާރު ފަސްކޮށްފައިވާ ކަމަށް އަޑުތައް އަރައެވެ.
ބޮލީވުޑުގެ އަރަމުން އަންނަ ތަރި ފަޒަލް ވަނީ 15 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ "ހެޕީ ބާގު ޖާޔޭގީ" އާއި "3 އިޑިއޮޓްސް" އަދި "ހާމޯޝިޔާން" ގެ އިތުރުން "ބޮބީ ޖާސޫސް" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.
ރިޗާއަކީ ވެސް އިންޑިއާގެ ފިލްމީ ތަރިއެ ކެވެ. އެގޮތުން 2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ރިޗާ ވެސް ވަނީ ގިނަ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ފުކްރޭ" އާއި "ރާމްލީލާ" އަދި "ސާބްޖިތު" ގެ އިތުރުން "ލަވް ސޯނިއާ" ހިމެނެ އެވެ.