ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތުގައި އީވާ: އީވާގެ އުޒުރު ގަބޫލުނުކޮށް ޖަލްސާ ބާއްވައިދިނުމަށް މަޖިލިހުން ވަނީ އެދިފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި އޭނައަށް ނޯޓިސް ހުށަހަޅައިފި އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މެންބަރުންނާއި އީވާއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އީވާ މަގާމުން ވަކިކުރަން މިމަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ. އެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނޯޓިސް މުއްދަތު ހަމަވެ، އެ ގަރާރު ތާވަލް ކުރަނީ، އަންނަ ޖެނުއަރީ މަހު ދެ ވަނަ ދުވަހު އެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.

އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަކިކުރަންވެސް ޤަރާރެއް ހުށަހަޅާފައެވެ. މި މައްސަލަ ކުރިޔަށް ނުގެންގޮސް ލަސްތަކެއް ވެގެންދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިމައްސަލަ ހޫނުވެފައިވަނިކޮށް ރައިސް ނަޝީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިހާރު މަޖިލީހުގެ ރައީސަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލެމެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން -- 22 މެންބަރުންގެ ސޮޔާއެކު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް