ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުގެ ދައުރު ނިންމަނީ ހާޒާނާއަށް ކުރިން ދަތިނުވާ ވަރަށް ދަތިކޮށްފައި ކަަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ހަމާސް ބާކީކޮށް، ނައްތާނުލެވޭނެ: ނަޝީދު
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ، ނިމުމެއް ފިކުރެއް ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިގޮތައް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެކްސްޕޯޓްކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން ހުއްޓުވައި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ނެވެ. 

މަޖިލީހުގެ ރައީސްގެ މަގާމުވެސް މިފަހުން ކުރެއްވި ނަޝީދު ވިދާޅުވީ "މިނިވަން ކަމުގެ ރޫހު" އަކީ އިންސާނާއިގެ ގައިން ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ އިޒްރޭލު ސިފައިން ހަމާސް އިން ހޮސްޕިޓަލްތަކުގައި ކޮމާންޑް ސެންޓަރުތައް ހަދައިގެން ތިބިކަމަށް ބުނިނަމަވެސް އެއީ ދޮގުކަމަށެވެ. 

"..ހަނގުރާމަ މިކުރަނީ ހަމާސް ހޯދާށޯ. ހަމާސް ޣައްޒާގައިވާ ކަމަށް އިޒްރޭލު ތަކުރާރުކޮށް، ތަކުރާރުކޮށް އެބަބުނޭ. ހޮސްޕިޓަލެއްގެ އަޑީގައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހަދާފައޭ އޮތީ. އެ ހޮސްޕިޓަލަކުންނެއް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ނުފެނޭ އިއްޒަތްތެރި ރައީސް. މުޅި ދުނިޔޭގެ މީޑިއާ ކުރިމަތީގައި އަޅުގަނޑުމެންނަށް އަންފޯލްޑްވަމުން ފެންނަމުން ކޮންމެ ދުވަހަކު މިމަންޒަރުތައް މިދަނީ. މިއަކު ޝައްކެއް ނެތް. ދުނިޔޭގެ ކުރިމަތީ މިހަގީގަތް މިދަނީ ފެންނަމުން، ހަމާސް ފިލުވައެއް ނުލެވޭނެ.. ނައްތައެއް ނުލެވޭނެ، އެއީ ހުޅަގަށް ވެސް އަދި ދުނިޔެއަށް ވެސް ވާންއޮތްކަމެއް ނޫން.." ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދަކީ އިންސާނިއްޔަތުގެ ހަލްތާލެއް ކަމަށް ސިފަކޮށް ނަޝީދު ވިދާޅުވި އެވެ.

އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކޮށް މުޅި ދުނިޔެ ހަމާސް ބާކީކުރުމަށް ކޮށްފައިވާ މަސައްކަތްތަކަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު މިއަދު ވިދާޅުވި އެވެ. ހަމާސް ބާކީނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ނަޝީދު ވަނީ ހަމާސްއިން މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުގެ ދިފާއު ފޫއަޅުވާލި ހަމަލާ އަކީ ހަމާސް ބާކީކުރުމުގެ ނަތީޖާ ކަމަށްވެސް ސިފަކުރައްވާފަ އެވެ. ފަލަސްތީނާއި އިޒްރޭލު އެއް މޭޒަކަށް ގެނެސް ވާހަކަދައްކައިގެން ދެ ގައުމަށް އެކުގައި އުޅެވޭނެ ގޮތެއް ހޯދައިގެން ނޫނީ އިޒްރޭލް ފަލަސްތީންގެ މައްސަލަ ދުވަހަކުވެސް ހައްލު ނުވާނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުއާއަކީ ފަލަސްތީން ރައްޔިތުންނަށް ކާމިޔާބު ލިބުން. އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރާނީވެސް އަދި އެދެމުން ދާނީވެސް ފަލަސްތީން ރައްޔިތުންނަށް އެމީހުންގެ މިނިވަންކަމުގައި ދިރިއުޅުމަށް ފުރުސަތު ލިބުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައްވާފައި ވަނީ ވަނީ، އިސްރޭލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމާއި، އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއްގެ މުދަލެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެވެ.

އަދި، އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމާއި އަދި އިޒްރޭލުން ހިފަމުންގެންދާ ފަލަސްރީނުގެ ހުރިހާ ބިންތަކުން ފައިވާ މެދުއިރުމަތީގައި ސު؛ލްހަ ގާއިމްކުރެވެންދެން މި ފިޔަވަޅު ދެމެހެއްޓުމަށް ވެސް ގޮވާލައްވާފައިވެ އެވެ.

މި ބަހުސްގައި ބައެއް މެންބަރުން އަންނަނީ އިޒްރޭލުގެ ލާ އިންސާނީ އަނިޔާތައް ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް އަޑުއުފުލުގައި ސަރުކާރާއި މަޖިލީހުން އިތުރަށް މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން އިޒްރޭލް މީހުންގެ ޕާސްޕޯޓް މަނާކޮށް، އިޒްރޭލް ފަތުރުވެރިން އައުން މަނާކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ބިލެއް ހުށަހަޅުއްވާފަ އެވެ.

އިތުރަށް ކިޔާލަން: ހަމާސްއަކީ ހަމައެކަނި ޖަމާއަތެއް ނޫން؛ އެއީ ފަލަސްތީނު ރައްޔިތުން ޖަވާބު

އިޒްރޭލުން ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 44 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 13000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 30900 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5500 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3500 އަށް ވުރެ މަތިވެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް