ads
ޕީއެސްއެމް
ޕީއެސްއެމުން ކުންފުންޏަކަށް ބައިމިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފި
ޕީއެސްއެމްގެ އިމާރާތްތަކުގެ ސެކުއިރިޓީ ބަލަހައްޓައިދިން ކުންފުންޏަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ އިމާރާތުގެ ސެކުއިރިޓީ ބަލަހައްޓައިދިން ގުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ނުދައްކައިވާ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ސިވިލް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުއެވެ.

އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ވަނީ ދައްކަން ޖެހި ނުދައްކައިވާ 629،375ރ. ފައިސާ އާއި ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި 25،000ރ. ނަގައިދިނުމަށެވެ. މައްސަލައިގެ ރައްދުގައި ޕީއެސްއެމްއިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވާ ކަމަށް ބުނެ ފޯމު ހުށަހަޅާފަ އެވެ. ޕީއެސްއެމްއިން އެއްބަސްވީ މަސައްކަތް ހަވާލުކުރި ކަމަށާއި ގުޑް ވޯކްސްއިން ހިދުމަތް ކޮށްފައިވާ މިންވަރަށް ބަލާ ހިދުމަތަށް އެކަށީގެންވާ މިންވަރެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ޕީއެސްއެމްއިން ދެބަސްވީ ގުޑް ވޯކްސް އެދިފައިވާ އަދަދާ މެދުގަ އެވެ. އެގޮތުން އެއީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާއެއް ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފާފޯމަންސް ރިޕޯޓު ހުށަހަޅާފައި ނުވާތި އެ ފައިސާ ދޫކުރަން ނުޖެހޭ ކަމަށެވެ. ހަމައެހެންމެ އެއްބަސްވި ގޮތަށް ގަވާއިދުން ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އިހްސާންގެ ހުކުމުގައިވަނީ މަސައްކަތް ހަވާލުކުރި ކަމަށް ޕީއެސްއެމްއިން އެއްބަސްވެފައި ވާތީ އާއި އެއްބަސްވުމާ ހިލާފުވީ ކަމަށް ބުނި ނަމަވެސް، އެއްބަސްވުން ބާތިލު ކުރުމުގެ ފުރުސަތު އޮވެމެ އެއްބަސްވުން ބާތިލުކޮށްފައި ނުވާތީ އެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތު އޮވެ އެކަން ނުކުރުމުން ދައުވާ ކުރި ގުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑްއިން އެދުނު ގޮތައް މައްސަލަ ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް