ads
ވެންގާ އިންޑިޔާގައި
އިންޑިޔާގެ ވައިޑީޕީ ޕްރޮޖެކްޓަކަށް ވެންގާ އިންޑިޔާއަށް
އިންޑިއާގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް އެހީތެރިވުމަށް، އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އިންޑިޔާއަށް އަތުވެއްޖެއެވެ.

ދުނިޔޭގެ ފެންވަރުގެ އެކަޑަމީއެއް ގާއިމް ކުރުމަށް އޮލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން ކުރި އުންމީދު އެންމެ ފަހުން ހަގީގަތަކަށް ވެގެންދާނީ ނޮވެމްބަރު 21، 2023 ގައި އޮޑިޝާގެ ބުބަނޭޝްވާރުގައި ވެންގާއާ އެކު ފަށާ ޕްރޮޖެކްޓުންނެވެ. މި ޕްރޮޖެކްޓް ވެންގާ އިފްތިހާތު ކޮށްދެނީ، ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ޗީފްގެ ހައިސިއްޔަތުންނެވެ.

ފީފާގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ، ދުނިޔޭގެ އެކި މެމްބަރު ޖަމިއްޔާތަކާ ގުޅިގެން އެ ޖަމިއްޔާތަކުގެ ގައުމީ ޓީމުތަކުގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އަދި ފީފާއިން ވަނީ ޓެލެންޓް ކޯޗިން ޕްރޮގްރާމް ވެސް ތައާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން މެމްބަރު ޖަމިއްޔާތަކަށް އޮން ގްރައުންޑްގައި ހީވާގި ސަޕޯޓް ދިނުމަށް ގަސްތުކޮށްފަ އެވެ.

އާސެނަލްގެ ކޯޗުކަމުގައި 1996 އިން 2018 ވަނަ އަހަރާ ހަމައަށް ވެންގާ، 73، މަސައްކަތް ކުރިއިރު، އާސެނަލް އިން ވަނީ މި މުއްދަތުގައި ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން އެއް ސީޒަންގައި އާސެނަލުން ޕްރިމިއާ ލީގުގެ ތަށި ނެގީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އާސެނަލް އިން ވަކިވުމަށް ފަހު ވެންގާ މަސައްކަތް ކުރަމުންދަނީ ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް