ads
ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ މީހުން
ނަދީމް މަރާލި މީހުން ބަންދުކުރެވޭކަށް ނެތް: ހައިކޯޓު
މީގެ ހައެއްކަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދުކުރަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، އެދިފައި ވަނީ ޝަރީއަތް ނިމެންދެން އެ އެންމެން ބަންދުކޮށްދިނުމަށެވެ. ހައިކޯޓުގައި ދައުލަތުން އެދިފައިވަނީ އެ އެންމެންގެވެސް ކުށުގެ ރެކޯޑް އޮންނަކަމުން ޝަރީއަތް ނިމެންދެން އެ އެންމެންވެސް ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް ހޯމަ ދުވަހު، އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމީ އެ މީހުން ބަންދު ކުރަން އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އެ ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް