ads
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް އަދި ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ކޮމެޓީގެ މެމްބަރުން
މޫދުން ގޯތި ދިނުންމުން ގާނޫނީ ލަފާ ހޯދަނީ..!
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން ނުހިއްކާ މޫދަކުން ގޯތި ދީފައި އޮތުމުން އެއީ ބަންޑާރަ ގޯތީގެ ގަވައިދުގެ ދަށުން ނު ކުރެވޭނެ ކަމެއް ކަމަށް ބަލާ އެ ތަންތަނުން ދޫކޮށްފައިވާ ލިއުންތަކާއި މެދު އަމަލުކުރާނެ ގޮތަކާ މެދު ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި ވިދާޅުވީ، "މޫދުން ގޯތި ދިނުންމުން" މިކަމުގައި ގާނޫނީ ސުވާލުތަކެއް އުފެދޭތީ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައެއް ހޯއްދަވާނެ ކަމަށެވެ.

އަދި ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ ދޫކޮށްފައިވާ ފްލެޓާއި ބިންތަކާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ އެކަން ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"...ނުހިއްކާ އޮތް ތަނަކުން ރަޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ. އޭގައި އެބަ އުޅޭ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް. ރެޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ އިން ކަނޑަނޭޅޭ ތަނަކުން. މޫދަކުން ދޭ ބިމަކަށް ރެޖިސްޓްރީ ކަނޑަނޭޅޭނެ. އެއީ ގަވާއިދު އޮތް ގޮތް... " ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު، އެއީ ދެވޭނެ އެއްޗެއް ނޫން ކަމަށް ލަފާ ލިބިއްޖެ ނަމަ، ނުހިއްކާ އޮތް ތަން ތަނުން ދިން ގޯތިތަކުގެ ރަޖިސްޓްރީ ބާތިލުވާނެތޯ ނޫސްވެރިއަކު ސުވާލު ކުުރުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. ހައިދަރު ވިދާޅުވީ "ދެން އަޅުގަނޑުމެން ބަލާނީ ހައްގުވާ ބަޔަކަށް ގޯތި ދޭނީ ކޮން ތާކުންތޯ" އެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި އޮތް އެ ސްކީމާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ވެސް ހޯއްދަވާނެ ކަމަށެވެ. 

your imageހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ވިދާޅުވީ ޝަކުވާއެއް އޮތްނަމަ ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓު ލިސްޓު ރިވިއުކުރާނެ ކަމަށް - ފޮޓޯ:ހައުސިން މިނިސްޓްރީ

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ވަނީ ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ. 

"ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށް ކުރީ ސަރުކާރުން ގެނައި އިސްލާހުގެ ދަށުން ގޯތި ދޫކުރާއިރު، ނުހިއްކާ ނުވަތަ އިން ނުކަނޑާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވިދާނެ އެވެ.

"އެކަމަކު ގަވާއިދު ބަދަލުކޮށްގެން ލިޔުމެއް ދޫކުރެވޭ ގޮތަށް އޮތީ ހަދާފައި, އެއީ ރެޖިސްޓްރީއަކަށް ނުވާނެ. އެއީ އެކަމާ ބެހޭ ގޮތުން އޮތް ގޮތަކީ, އެހެންވީމާ އޭގެ ވެލިޑިޓީއާ ބެހޭ ގޮތުން ޖެހޭނީ ގާނޫނީ ލަފައެއް ހޯދަން. އެއީ ކިހާވަރެއްގެ ބުރަދަނެއް އޮތް ލިޔުމެއްތޯ," ކުރީގެ ސަރުކާރުން ނުހިއްކާ އޮތް ތަންތަނުން ގޯތި ދިނުމާއި ގުޅިގެން ހައިދަރު ވިދާޅުވި އެވެ.
"ހަމަ ގޮޅި ޖަހައިލައިފައި ހުރީ. އެއްވެސް އެހެންކަހަލަ ހިދުމަތެއް ދޭނެ ބިމެއް ހުސް ޖާގައެއް، އެކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ގޮޅި ޖަހައިލައިގެން ބިން ދޫކުރުމަކީ އަޅުގަނޑަށް ހީވާ ގޮތުން އެތާ ދިރިއުޅޭ ބަޔަކަށް ވެސް ވަރަށް ދަތިވާނެ ކަމެއް،" 

ހައުސިން މިނިސްޓަރު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ އޭރުގެ ސަރުކާރުން، ސިޔާސީ ވިސްނުމެއްގައި ވިޔަސް، އެއްވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް