ads
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ނަޝީދު އެދި ލެއްވީ، ކުރީގެ މިނިސްޓަރު އަސްލަމްގެ މައްޗަށް ދައުވާ އުފުލަން
މިހާރުގެ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށާއި އެމަނިކުފާނަށް ރުހުން ނުދޭން ގޮވާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައުވާ ކުރެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
Advertisement

މައްޗަންގޯޅި މެދު ދައިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ވަނީ ރައީސް ސޯލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައު ހައުސިންގް މިނިސްޓަރ އަށް އެމަނިކުފާނުގެ "އިންތިހާ އިތުބާރު" އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ މެންބަރުން ވާހަކަދައްކަވާފައިވަނިކޮށް މަޖިލީހުގައި ނަޝީދު މިއަދު ވިދާޅުވީ، ހައުސިން މިނިސްޓަރަކަށް މިދިޔަ ސަރުކާރުގައި އަސްލަމް ހުންނަވައިގެން ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރެއްވުމަށް "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންވާ ބަޔަކަށް ކަމަށެވެ. މިއީ "ޖަރީމާ" އެއްގެ ގޮތުގައި ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ މި ކަމުގައި ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުން ރައީސް ސޯލިޙު އެ އޮތީ މާލެއިން ބޭނުން ބަޔަކަށް އެ ބަހާފަ. ޝަކުވާ ނޫފުލާ ރައްޔިތުން މާލޭގަ ވެސް ވަރަށް މަދު، ހައިދަރު އެ ވިދާޅުވީ ރަނގަޅަށް،" ފްލެޓު ލިސްޓަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރު ރަނގަޅަށް އަންދާޒާކޮށްފައި އެއްވެސް ކަމެއް ނެތް ކަމަށާއި ހަމައެކަނި ކޮށްފައިވާ ކަމަކީ އޮޅުވާލުން ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓާ ޖެނެރަލް ވެސް ލަފާ ދެއްވާފައި ވަނީ ވެސް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ އެއްގޮތަކަށް ވެސް އަމަލުކުރުން ބުއްދިވެރި ބަޖެޓެއް ނޫން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އާ ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށާއި ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް މަޖިލީހަށް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ފްލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ. ގޯތި ދޭނެ ބިން ނެތް ކަމަށާއި މި ކަމަށް ހައްލެއް ހޯދޭނީ ޑރ. ހައިދަރުގެ ފަންނީގެ ތަޖުރިބާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ހައިދަރަކަށް ނޫން ރުހުން ނުދޭންވީ. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާންވީ،" ހައުސިން މިނިސްޓަރަކަށް ހުންނަވައި އަސްލަމް އަދި ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން ހުންނަވައި ހިންގެވި ޖަރީމާ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

ހައުސިންގް މިނިސްޓަރ ހައިދަރު މައްޗަށް ފުރިހަމަ އިތުބާރެއް އޮތް ކަމަށް ނަޝީދު ހާމަ ކުރައްވާފައިވާއިރު، އެމްޑީޕީ މެންބަރުން ދަނީ ހައިދަރަށް ރުހުން ނުދޭން ގޮވާލަމުންނެވެ. އެގޮތުން އެމްޑީޕީން އެގޮތަށް ނިންމުމައް ގޮލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގޮވާލައްވާފަ އެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް