ads
ބަންގްލަދޭޝް ޓީމު
ވޯލްޑްކަޕް ކޮލިފައިން: ލުބްނާން އަތުން ބަންގްލަދޭޝް ޕޮއިންޓެއް ހޯދައިފި
ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝް އިން ލުބްނާން އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގ ޕްރިލިމިނަރީ ދެވަނަ ބުރަށް ބަންގްލަދޭޝް ދިޔައީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އިން ލުބްނާން އަތުން ޕޮއިންޓެއް ހޯދީ، މިއަދު އަމިއްލަ ގައުމުގައި ކުޅެ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ލުބްނާނުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ބަންގްލަދޭޝް އިން އެއްވަރު ކުރީ ފަހަރުން އަރައެވެ. 

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ލުބްނާނާ ބަންގްލަދޭޝް އެއްވަރުވީއިރު، މިދިޔަ ހަފްތާގައި ބަންގްލަދޭޝްއިންވަނީ އޮސްޓްރޭލިއާ އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ. 

ބަންގްލަދޭޝްއާ ލުބްނާން މިއަދު އެއްވަރުވިއިރު، އެ ގްރޫޕުގެ އަނެއް މެޗުން އޮސްޓްރޭލިއާވަނީ ފަލަސްތީނު އަތުން އެއް ލަނޑުން މޮޅުވެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް