ads
ޖޭއެސްސީ
ޖޭއެސްސީ ވަކީލު އިންތިހާބު އަންނަ މަހު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނީ ވަކީލުން ތަމްސީލްކުރާ މެންބަރުގެ ސްލޮޓަށް ވަކީލަކު އިންތިހާބު ކުރުން އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ޖޭއެސްސީގެ ވަކީލު ސްލޮޓް ހުސްވީ، އެ މަގާމުގައި ހުންނެވި އަބްދުލްމާނިއު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

ބާ ކައުންލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު 28، ގެ ހަވީރު 3:00 ގެ ނިޔަލަށެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް ފޯމު ހުށަހެޅޭނެ އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ގާނޫނީ ވަކީލުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ބާ ކައުންސިލަށް ދައްކަން ޖެހެ އެވެ.

ޖޭއެސްސީއަށް އިންތިހާބު ކުރާ ވަކީލުގެ މަގާމަށް ބައެއް ވަކީލުން މިހާރު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާ އެކު އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގަ އެވެ.

ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ދަށު ކޯޓު ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް