އަލްޖަޒީރާ ނޫހުން ބުނާ ގޮތުން، އިސްރާއީލުން އެއްބަސްވަނީ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި 50 އަސީރުން މިނިވަން ކުރުމަށެވެ. ހަމާސް އިން ވަނީ ގާތްގަނޑަކަށް 240 މީހުން ރަހީނުކޮށް، 1200 މީހުން މަރާލައިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން ވަނީ ނިންމާފައެވެ.
މި އެއްބަސްވުން އައީ ދެމެދުގައި ގަތަރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމަކަށް ވާހަކަ ދައްކައިގެނެވެ.
މި އެއްބަސްވުމުގެ މާނައަކީ ހަނގުރާމަ ހުއްޓައިލުން ނޫން ކަމަށާއި، ހަނގުރާމަ މެދުކަނޑައިލީ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
ހަމާސްގެ އޮފިޝަލަކު އަލްޖަޒީރާ އަށް ބުނީ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ހަނގުރާމަ ހުއްޓާލާފައި ދެމި އޮންނާނީ ކިހާ ދުވަހަކުތޯ އާއި ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި ދެ ފަރާތުން ރަހީނުކޮށްފައިވާ މީހުން ބަދަލުކުރުމާ ބެހޭ ގޮތުން ކަމަށެވެ.
އޭގެ ރައްދުގައި އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 14000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމުންނެވެ.