ads
ޖޭޑީއެސް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
ޖަޕާން ސަރުކާރުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ
ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ނަމުގައި ޖަޕާން ސަރުކާރުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މި ޑިސެމްބަރު މަހު ހަމަވާނެ ކަމަށް ބުނެފި އެވެ.

ހިލޭ އެހީގައި މާސްޓާސް ހަދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ. 

މި ސްކޮލާޝިޕްގެ ދަށުން މާސްޓާސް އަދި ޑިގްރީއަށް ހުޅުވާލާފައި ވަނީ ޔުނިވާސިޓީ އޮފް ސުކުބާއިން މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސާއި ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ. އޭގެ އިތުރުން ރިޓްސުމެއިކަން ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

ޖަޕާން ސަރުކާރުން ވަނީ މި ސްކޮލާޝިޕްގެ ދަށުން ހުރުމާއި ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކާ އަދި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ދިނުމަށް ނިންމާފަ އެވެ. މި ސްކޮލާޝިޕްގައި ކޮންމެ ޔުނިވާސިޓީއަކުންވެސް ދޭނީ ދެ ފުރުސަތެވެ.

ދިވެހިންނަށް ހާއްސަކޮށްފައިވާ މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހަށް 22 އަހަރު ފުރިފައިވާ އަދި 39 އަހަރު ނުފުރޭ މީހުންނަށެވެ. 

މި ސްކޮލާޝިޕަށް އެދި ހުށައެޅޭނީ ސަރުކާރުން ގަބޫލުކުރާ ބެޗްލާސް ޑިގްރީއެއް އޮންނަ، ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނަށާއި ކޯޓުތަކާއި ކޯޓުތަކާ ގުޅުންހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ. އެ ފަރާތްތައް ވާން ޖެހޭނީ ފުލްޓައިމްކޮށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށެވެ. މީގެ އިތުރުން އެފަރާތްތައް ވާން ވާނީ މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ. 

ސްކޮލާޝިޕް އާ ގުޅުންހުރި އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް