ads
ރައީސް މުއިއްޒު ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
އާ ސަރުކާރުގެ މަގާމުތަކުގައި އަންހެނުނަށް ހަމަހަމަ ފުރުސަތު ނެތުމުން ފާޑުކިޔައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި އަންހެން ބޭފުޅުން މަދުވުމުންނާއި އަދި ސިޔާސީ އިތުރު މަގާމުތަކުގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތު ނެތުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ފާޑުކިޔައިފި އެވެ.
Advertisement

ރައީސް މުއިއްޒު އެކުލަވާލި ކެބިނެޓުގައި 22 ވަޒީރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ތިން ބޭފުޅުން - %13 އަންހެނުން ނެވެ. އެއީ، އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ކެބިނެޓްގައި އަންހެން ބޭފުޅުން މަދުވިނަމަވެސް ސިޔާސީ އެހެން މަގާމުތަކުގައި އަންހެނުންގެ ދައުރު ކުޑަ ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނަށް އަންހެން ބޭފުޅުން އައްޔަން ކުރައްވަން ރައީސް ވަނީ ނިންމަވައިފައެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތު ދެއްވައި ގާބިލް އަންހެނުން ގައުމުގެ އެންމެ މަތީ މަގާމުތަކަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް ރައީސް އައްޔަންކުރައްވާފައިވާ ހުރިހާ މަގާމުތަކަށް ބަލާއިރު އަންހެނުންގެ ނިސްބަތް ވަރަށް ވެސް ދަށެވެ. އެގޮތުން ރައީސް އޮފީސް ހުގެ މަގާމުގައި އައްޔަނުކުރެއްވި 16 މަގާމުގެ ތެރޭގައި ހިމެނެނީ އެންމެ އަންހެނެއް - %6.25 އަންހެނުން ނެވެ. އަދި މިނިސްޓަރުން ފެންވަރުގެ 15 ފިރިހެން ބޭފުޅުން މަގާމަށް ދެއްވި އިރު ރައީސް މުއިއްޒުގެ ސަރުކާރުގައި އަދި މިހާތަނަށް މިނިސްޓަރުން ފެންވަރުގެ އެއް ވެސް މަގާމަކަށް އަންހެނަކު އައްޔަނުކޮށްފަ އެއް ނުވެ އެވެ. އެހެންކަމުން އެއީ %0 އަންހެނުން ނެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 39 މަގާމު އުފެއްދެވި އިރު މީގެ ތެރެގައި ހިމެނެނީ ފަސް އަަންހެނެއް - %12.8 އަންހެނުން ނެވެ.

ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ މިއަދު "އެކްސް" އަށް ދޫކޮށްލެއްވި ޕޯޓެއްގައި ވިދާޅުވީ "ކޮންމެ ފޮޓޯއަކުން ވެސް ކިޔައިދެނީ އެއް ވާހަކައެއް. ނިމޭ ކޮޅުގައި "ޓޯކަން" އަންހެނެއް. ކޮންތާކަށްތޯ ހުރިހާ ތައުލީމީ، ތަޖުރިބާކާރު އަންހެނުން ގޮސް ގެއްލުނީ؟" ޔުމްނާ ސަރުކާރަށް ސުވާލު ކުރައްވާ ލިޔުއްވި އެވެ.

ފާއިތުވެދިޔަ ސަރުކާރުގެ ކެބިނެޓްގައި ޖުމްލަ ނަވާރަ ބޭފުޅުން ތިއްބެއްވި އިރު، އޭގެތެރެއިން ހަ ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ ޑިފެންސް މިނިސްޓަރު މާރިއާ ދީދީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއެވެ. އަދި މަތީ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމުން ވެސް ގިނަ އަންހެނުންނަށް ފުރުސަތު ދެއްވި އެވެ.

އަންހެނުން ބާރުވެރިކުމަށް ރައީސް މުއިއްޒު އިންތިހާބުގައި ވިއްކި މެނިފެސްޓޯގައި ބޮޑު ކަމަކަށް އޮތީ، ސިވިލް ސާވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާތަކުގައި އަންހެން މުވައްޒަފުން ނިސްބަތް އިތުރު ކުރުމެވެ. އަދި ހާއްސަ ލީޑާޝިޕް ޕްރޮގްރާމްތައް ހިންގައި، ކަންކަން ނިންމުމުގައި އަންހެނުންގެ މަޝްވަރާއާއި ހިޔާލު ހޯދުމަށް ހާއްސަ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ހިމަނާފައިވެ އެވެ.

ނަމަވެސް، ވެރިކަން ލިބިވަޑައިގެން، ރައީސް ކަމުގެ ހުވާ ކުރައްވައި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓެވި ހިސާބުން، މިހާތަނަށް ރައީސް އައްޔަންކުރައްވާފައިވާ ހުރިހާ މަގާމުތަކަށް ބަލާއިރު އަންހެނުންގެ ނިސްބަތް ވަރަށް ވެސް ދަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް