ads
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރި ވެލެއްވި - ފޮޓޯ: މަޖިލިސް
ސަލީމްގެ ނަސޭހަތެއް ދައުލަތުގެ އެއް ބާރަށް، ރާއްޖެއިން ކޮރަޕްޝަން ނައްތާލަ ދެއްވާ..!
ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުން ދަނީ ބާރުގަދަ މަދުބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާތީ ކަމަށް ގަބޫލްކުރައްވާ މީހުން ގިނަ އެވެ.
Advertisement

ކޮރަޕްޝަނާއި އެފަދަ އަމަލުތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ފާރަވެރިވެ އެފަދަ މީހުން ޖަވާބު ދާރީކުރެވެން އޮތް އެއް މަގަކީ ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހެވެ. އެއީ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އަދި ދައުލަތުގެ އިސް ފަރާތްތަކަކީ ކޮރަޕްޝަނާއި ނުހައްގުން ހޯދާފައިވާ ފައިސާއިން އެއްކިބާވެފައިވާ ފަރާތްތަކެއްކަން ޔަގީން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން ކޮމިޓީތަކަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ތަނެކެވެ. މިކަމުގައި ރައްޔިރުންގެ މަޖިލީހުގެ ރައީސް އަށް ވެސް މުހިއްމު މަސައްކަތް ތަކެއް ކުރެވިދާނެ އެވެ. 

އަދުލުވެރި ވާނެ ކަމަށާއި ބޭއިންސާފެއް ނުވާނެ ކަމަށް އަދި ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނެ ވެރިކަމާއިހަވާލުވާ ވެރިންގެ ވެރިކަމުގެ ދައުރު ނިމިގެން ދާއިރު ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އަބަދުވެސް ފެންމަތި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ހަރަދު މެނޭޖްކުރުމަށް ކޮންމެ އަހަރަކު ފާސްކޮށްދޭ ބަޖެޓް ހިތުހުރިގޮތަކަށް ބަދަލުކޮށް އަދި ބަޖެޓްގައި ނުވެސް ނެތް އަދަދުތަކުން ހަރަދުކޮށް ދައުލަތުގެ ފައިސާ ބޭނުން ކުރަމުންދާ ދިއުން ހުއްޓުވުމަށް ކޮންމެ އަހަރެއްގެ "ބަޖެޓް ބަހުސް" ގައި މަޖިލިސް ތަޅުމުން ތަފާތު ބިނާކުރަނިވި ހިޔާލުތައް އިވެއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދާއިރު، މިއަދުގެ ބަހުސްގެ ތެރެއިން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މުހިއްމު ވާހަކަތަކެއް ހިއްސާ ކުރައްވާފަ އެވެ. ސަލީމްގެ ވާހަކައިގެ ބޮޑުބައި ރައްދުކުރެއްވީ މަޖިލީހުގެ ތިއްބެވި 87 މެމްބަރުންގެ ތެރެއިން ރިޔާސަތަށެވެ. އެވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި މިފަހުން ހަވާލުވެލެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. 

ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަން ނައްތާލައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރައީސް ޒިންމާ ކަމަށެވެ. ސަލީމް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރޭ ލިބެން ހުރި ހުރިހާ އެއްޗެއް އަތުލުމުގެ ވިސްނުން ވަރަށް ގިނަ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް, ކޮންމެވެސް ހިސާބަކުން މިކަން ހުއްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އަސްލަމް އަދި ފަސް މަސް ހޭދަ ކުރައްވާނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން މަޖިލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.

އެ މަސައްކަތް ނުކޮށްފި ނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ގައުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެގެން ދާނެކަން ސަލީމް ފާހަގަކުރެއްވި އެވެ.

"ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ މަޖިލީހުގައި ތިބި 87 މެމްބަރުންގެ މައްޗަށް ވާޖިބު ކަމެއް. ހުރިހާ ރައްޔިތުންގެ ބަދަލުގައި ކޮންމެ ދާއިރާއަކުން އެކަކު މި މަޖިލީހަށް ފޮނުވާފަ މިތިބީ ހަމައެކަނި އަޅުގަނޑުމެންގެ ކަންކަން ކޮށް އަޅުގަނޑުމެންނަށް ޕްރޮޖެކްޓްތައް ހޯދާކަށް ނޫން، މިކަންކަން ހުއްޓާލައި މުޅި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބެން ވާނެ، އެހެންނޫނީ މި ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތެއް ނެތް،" ދައުލަތުގެ އެއް ބާރުގެ ވެރިޔާގެ ހައިސިއްޔަތުން އަސްލަމްގެ މަގްސަދަކަށް ވާންޖެހޭނީ ގައުމު އިސްލާހުކުރުމުގެ މަސައްކަތްކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވަނީ ހަމައެކަނި މެމްބަރުންގެ އަމިއްލަ ކަންކަން ކުރުމަށް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތްކޮށް، ގައުމުގެ ކަންކަން އިސްލާހުކުރުމަށް މެމްބަރުން މަސައްކަތް ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި, މަޖިލީހުގެ ތެރެއިން މުއްސަނދިންނަށް ވުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް ސަލީމް ވެސް ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަފުޅު ނިންމަވާލެއްވުމުން ސަލީމް ދެއްވި އިރުޝާދުތަކަށް ވިސްނަމުންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުމުގައި ދެމި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތެދެކެވެ. ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގައި ދައުލަތުގެ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހަކީ ދައުލަތައް ފާރަވެރިވުމުގައި ވަރަށް މުހިއްމު މުއްސަސާ އެކެވެ. އަދި ވަކިން ހާއްސަކޮށް މަޖިލީހުގެ ކޮމެޓީތައް ޒިންމާދާރުކަމާއިއެކު ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނެ "އޮޕަރޭޓް" ވާން ފަށައިފިނަމަ ރާއްޖޭގެ ހިންގުމުގެ ނިޒާމުން "ނުބައި" ގެ މައްޗަށް "ރަނގަޅަ" ށް ކުރި ހޯދި "ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅުން" ކުޑަ ވާނެ އެވެ. 

ފުލުފުލުގައި ބާއްވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީތަކުގެ މަސައްކަތުން "ނިދާފައި" ތިބި މިނިވަން މުއައްސަސާތަކާއި އެސްއޯއީ ތަނުގެ ވެރިނަށް "މޯރނިން" ވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް