މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި، 'ހަފުތާ 14' ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް އެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާ ގޮތް ހިއްސާ ކުރައްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލްގެ މެންބަރުންގެ މަޝްވަރާކުރެއްވި ކަމަށެވެ.
'ހަފުތާ 14' ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު، އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފުތާ 14' ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.