ކައިޒީން އޭނާގެ ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ދިވެހިން ފަލަސްތީނާއެކު" ތިބިކަން ދައްކައިދިނުމަށެވެ.
ގައްޒާގައި ހިންގަމުން ގެންދާ ގަތުލްއާމު ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކޮށް އަންނަ ހުކުރު ދުވަހު ހަވީރު 16:00 އަށް ރަސްފަންނަށް އެއްވުމަށް ކައިޒީން ޝެއާކުރި ޕޯސްޓުގައި ވަނީ ދައުވަތު ދީފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ފަލަސްތުގެ ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.