ads
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް އަލްއުސްތާޒު މުހައްމަދު ސަމީރު އައްޔަނުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް މުހައްމަދު ސަމީރު އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޒު މުހައްމަދު ސަމީރު މިއަދު އައްޔަނުކުރައްވައިފި އެވެ.

އަލްއުސްތާޒު މުހައްމަދު ސަމީރު މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ސަމީރު، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ސަމީރު ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ސަމީރަށް ހަވާލުކޮށްދެއްވާފަ އެވެ.

ސަމީރު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަ ކަމުގެ މަގާމާއި ނަޝީދު އެންޑް ކޯ ގެ ސީނިއަ އެސޯސިއޭޓްކަމުގެ މަގާމުގެ އިތުރުން ސަމީރު އެންޑް ޝަމާމް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރުކަން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް