ads
'ގަރލްސް ކޭން' ކެމްޕެއިންގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު
'ގަރލްސް ކޭން' ކެމްޕެއިންގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު
އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލް، ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި އެމްވީ ނެޓަރސްއާ ގުޅިގެން ކުރިއަށް ގެންދާ 'ގަރލްސް ކޭން' ކެމްޕެއިންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

ނެޓްފިޓް ނެޓްބޯލްއަކީ 100،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ދުނިޔޭގެ އެއް ވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. މިގޮތުން އެ ކުންފުންޏާއެކު ރާއްޖޭގައި ކުރިއަށް ގެންދާމި  ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެން ކުދިން ބާރުވެރިކުރުވުމެވެ.

އެގޮތުން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިންކަމަށްވާ ސާރާ ވޯލް –  ނެޓްފިޓްގެ ސީ.އީ.އޯ އަދި ފައުންޑަރ – އަދި ޝާރނީ ނޮރޑަރ ރާއްޖޭގައި އޮންސައިޓް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  

އޭގެ ތެރޭގައި ނެޓްބޯޅަ އެކަޑަމީތަކުގެ ކްލިނިކްތަކާއި، ކޯޗިންގ ވޯކްޝޮޕްތައް އަދި ނެޓްބޯޅަ ކްލަބްތަކާއި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމާ އެކުވެސް ސެޝަންތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން ސްކޫލްތަކަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް މާސް ކްލާސްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކްލާސްތަކުގެ ޒަރިއްޔާއިން ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އައު ހުނަރުތަށް ދަސްކުރުމުގެ  ފުރުސަތު ލިބިގެންދާނެއެވެ.

ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތަކަށް އެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާއެކެވެ. 

މީގެ އިތުރުން މިފަދަ ކުޅިވަރު ހަރަކާތްތަށް ބާއްވާ އިންތިޒާމުކުރުމަށް އެއްބާރުލުންދިނުމަކީ ދިރާގުން ދިވެހި ކުޅިވަރު ކުރިއަރުވައި ދިވެހި އެތުލީޓުންގެ ހުނަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް