މިގޮތުން ރަންބީރު ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްކޮޅަކީ އޭނާގެ ދަރިފުޅު ރަހާ ކަޕޫރުވެސް ވިހެއި ދުވަސްކޮޅުކަމަށެވެ.
މިގޮތުން އެނާ ފިލްމުގެ ޝޫޓިންގައި އުޅުމަށްފަހު އެނބުރި ގެއަށްދާއިރު، އާލިއާ ވަރަށް ރުޅިގަދަވެފައި ހުންނަކަމަށެވެ. ނަމަވެސް އޭނާ ގެއަށް ދާއިރު އޭނާ ގައިގައި އާލިއާ ޖެހުމުން ސަލާމަތްވާން ބޭނުންކުރާ ޓްރިކެއް އޮންނަކަމަށްވެ. އެ ޓްރިކަކީ "އެނިމަލް" ފިލްމުގައި ރަންބީރު ފެންނަ ކެރެޓަރާއެކު ގެއަށް ނުދިއުންކަމަށެވެ.
އެކްޝަން ތްރިލާ ފިލްމު "އެނިމަލް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ފިލްމުން ދައްކުވައިދެނީ ބައްޕައަކާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ ވަރުގަދަ ލޯތްބެކެވެ. ދަރިފުޅުގެ ބައި ރަންބީރު ކުޅޭއިރު، ބައްޕަގެ ރޯލު ކުޅެނީ އަނިލް ކަޕޫރެވެ.