މި ބަންގުލޯގެ އަގަކީ 60 ކަރޯޑު އިންޑިއަން ރުޕީޒް (7,201,608 ޑޮލަރު) އަގުހުރި ތަނެކެވެ.
މި ބަންގުލޯ ހަދިޔާކުރުމާއެކު މިހާރު އެތަނުގެ ނަން ވަނީ "ޝްވެތާ" އަށް ބަދަލުކޮށްފައެވެ.
އަމީތާނުގެ ގިނަ ސަޕޯޓަރުންނެއް އަންނަނީ މިކަމާ ގުޅުގެން އޭނާއަށް ތައުރީފުވެސް ކުރަމުންނެވެ. މިއީ މުމްބާއީން އަމީތާބު އެންމެ ފުރަތަމަ ގަތް ބަންގުލޯއެވެ. އަދި އެ ގޭގައި އަމީތާބާ އޭނާގެ މައިންބަފައިން އެކުގައި ކުރިން ދިރިއުޅުނެވެ.