މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އެނާއަށް ދަރިއަކު ލިބުމުން ވަަރަށް އުފާވިކަމަށާއި، އެފަަދަ އުފަލެއް ދުވަހަކުވެސް އެނާއަށް މީގެ ކުރިން ނުލިބޭކަމަށެވެ. އެހެންކަމުން ދެ ވަނަ ދަރިއަކު ހޯދުމަށް އޭނާއާއި އާލިއާ ބަޓް ވިސްނަމުން އަންނަކަމަށެވެ.
އެމީހުންގެ ފުރަތަމަ ދަރިފުޅު ރަހާ ކަޕޫރަށް އަދި ފުރުނީ އެންމެ އަހަރެކެވެ. ރަންބީރާއި އާއިލާ މިހާތަނަށް އެމީހުންގެ ދަރިފުޅުގެ ފޮޓޯ އާންމެއް ނުކުރެއެވެ.
ދެ ވަނަ ދަރިއަކު ހޯދަން އުޅޭކަމަށް ރަންބީރު ބުނެފައިވާއިރު، ރަންބީރާއި އާލިއާގެ ގުޅުން ގޯސްވެފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.