ads
ގެއްލިގެން ހޯދަމުން ދިޔަ ވިސާމާ: އޭނާ ފެނިފައި ވަނީ މާލެއިން ރޭ 10:30 ގައި - ފޮޓޯ:ޕޮލިސް މީޑިއާ
މާލޭން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ ސ. ހިތަދޫ ކަދުރުމާގެ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާ ފެނިއްޖެ އެވެ.

ވިސާމާ ގެއްލުމާ ގުޅިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހު ވިސާމާ މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރި ފޯނުކޯލަކުން ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމުގަ އެވެ.

ވިސާމާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދި އޭނާގެ މައުލޫމާތު ފުލުހުން އާންމުކޮށްފައި ވަނީ ރޭ އިރުއޮއްސުނު އިރު އެވެ. އޭގެ ހަތަރު ވަރަކަށް ގަޑިއިރުފަހުން ވިސާމާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ވިސާމާ ފެނިފައި ވަނީ ރޭ 10:30 މާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް