
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރާ މީހުންގެ ޝަރީއަތެއް މިއަދު ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. ކޯޓުގައި މިއަދަށް ތާވަލުކޮށްފައި އޮތީވެސް އެ މައްސަލަ އެކަންޏެވެ،.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ، ދައުވާ ލިބޭ މީހުންގެ ތެރެއިން ޖަލުގައި ތިބިމީހުން ކަރެކްޝަނަލް ސާވިސްއިން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ. މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ލިބިފައެއް ނުވެއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީންގެ އިތުރުން މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.