އުޖެއިން އަކީ މޭކަޕް ކުރުމާއި، ނަލަވުމުގެ ހާއްސަ ޓްރިކްތަކާއި، ސްޓައިލަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ ކުއްޖެކެވެ.
އޭނާ އެންމެ ފަހުން ދިވާލީއާއި ދިމާކޮށް އާންމުކުރި އިންސްޓަގްރާމް ރީލް އަކަށް އެނާގެ ކުލާސް ކުދިންއަދި ގިނަބަޔަކު ހިމެނޭހެން ފާޑުކިއެވެ.
އެމީހުންގެ ފާޑުކިއުންތައް ތަހައްމަލްނުކުރެވި ހޮނިހިރު ދުވަހު އުޖެއިން މަރުވަމުން އޭނާގެ ސޯލަޝްމީޑިއާގައި ލިޔެފައިވަނީ "މިހާރު އުފާވެއްޖެތަ؟" މިހެނެވެ.
އުޖެއިންއަށް ފާޑުކިޔާ މީހުން އޭނާއަށް ފާޑުކިޔަނީ ފިރިހެން ކުއްޖަކު މޭކަޕްކުރުމާއި ނަލަވުމާ ގުޅޭގޮތުން ޕޯސްޓުތައް އާންމުކުރާތީއެވެ. ބައެއް މީހުން ފާޑުކީ ނަމަވެސް، ގިނަބަޔަކު އޭނާގެ މަސައްކަތައް ތައުރީފުވެސް ކުރެއެވެ.