ads
މަހޭޝް ބަޓް، އާލިއާ އަދި ރަންބީރު
އާލިއާގެ ބައްޕަ ރަންބީރު ރޮއްވާލައިފި
އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް، ދެއްކި ވާހަކައަކުން ރަންބީރު ކަޕޫރަށް ރޮވިއްޖެއެވެ.

ރަންބީރުގެ އެންމެފަހު ފިލްމު "އެނިމަލް" ގެ ޕްރޮމޯޝަންގައި ރަންބީރު ބޭއްވި އިވެންޓަކަށް މަހޭޝް ބަޓް ވަނީ ވީޑިއޯ މެސެޖެއް ފޮނުވާފައެވެ. 

އެ މެސެޖުގައި މަހޭޝް ބުނަނީ "ރަންބީރަކީ އިންޑިއާގެ އެންމެ މޮޅެތި އެކްޓުންގެ ތެރޭގައި ހިމެނޭ މީހެއް" ކަމަށެވެ. އަދި "ދުނިޔޭގައި ހުރި އެންމެ ރަނގަޅު ބައްޕައަކީ ރަންބީރު" ކަމަށެވެ. 

މި ވާހަކަތައް އަޑުއަހަން އިންއިރު ރަންބީރު އިނީ ރޮވިފައެވެ. 

"މިއީ ދުވަހަކުވެސް ބަފާބެ އަހަރެން ކުރިމަތީގައި ދެއްކި ވާހަކައެއް ނޫން،" އުފަލުން ފެންކަޅިވެ އިނދެ ރަންބީރު ބުންޏެވެ. 

މަހޭޝް ބަޓް އަކީ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ. 

ރަންބީރާއި އާލިއާ ބަޓް އަށް ދަރިއަކު ލިބުނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރުގެ އިތުރުން އިތުރު ދަރިއަކު ހޯދުމަށް ވިސްނަމުން އަންނަކަމަށް ރަނބީރު ވަނީ ދާދިފަހުން ބުނެފައެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް