ހަގީގަތަކީ ބަރަހަނާ ސައިޓުތަކުގައި ލީކުކޮށްފައިވާ ވީޑިއޯއަކީ އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން އުފައްދާފަައިވާ ވީޑިއޯއެކެވެ.
މިފަަދަ ވީޑިއޯއެއް މީގެ ދުވަސްކޮޅޭއް ކުރުން ކެޓްރީނާގެ ވެސް ވަނީ އުފައްދާފައެވެ.
ބޮލީވުޑުގެ މަޝްހޫރު ތަރިންގެ "ޑީޕް ފޭކް" ވީޑިއޯ އުފައްދާ މައްސަލަ ހައްލުކުރުމަށް ގިނަބަޔަކު އަންނަނީ އިންޑިއާ ސަރުކާރާށް ގޮވާލަމުންނެވެ.
އާލިއާ ބަޓްގެ ފޭކް ވީޑިއޯ އުފެއްދުމާއެކު ގިނަބަޔަކު އަންނަނީ މި މައްސަލަ ހައްލުކުރުމަށް ލަސްވެއްޖެކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
އާލިއާ ބަޓްއަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އެއް އަންހެން ފަންނާނެވެ.