ads
އަބްދުﷲ ލުތުފީ
ނޮވެންބަރު ތިނެއްގެ ބޮޑު ބާގީ ލުތުފީ މިނިވަން ވެއްޖެ
ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގެ އިސް ދިވެހި ލީޑަރު، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަން ވެއްޖެއެވެ.

ނޮވެންބަރު 3 ގެ ހާދިސާއާ ގުޅިގެން، ލުތުފީ މެރުމަށް ހައިކޯޓުން ހުކުމް ކުރީ، 12 އޮގަސްޓް 1989 ގައެވެ.

ތަމަޅަ ޓައިގަރުންގެ ޖަމާއަތަކާ ގުޅިގެން ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެ މައްސަލައިގައި ހައިކޯޓުން ލުތުފީ މެރުމަށް ކުރި ހުކުމް، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުއިކޮށްދެއްވައި އުމުރަށް ޖަލަށް ލުމަށް ބަދަލުކޮށްދެއްވާފައެވެ. އުމުރަށް ޖަލަށް ލުމުގެ ހުކުމް ރާއްޖޭގައި ބަލަނީ 25 އަހަރަށެވެ.  

ލުތުފީގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިއަހަރުގެ އޭޕްރީލް 25 ގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް ބޭރުގައި އޭނާ ފިލައިގެން އުޅުނު މައްސަލައިގައި ފަހުން ކުރި، ހުކުމް މިއަދު ތަންފީޒުކޮށް ނިމުނީ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރަން ލަންކާއަށް ދާން 16 ޖެނުއަރީ 2010ގައި ފުރި ގޮތަށް އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާއެކު، 1 މެއި 2019ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެ އެތަނުގައި ދިރިއުޅެމުންދިޔަކަން ބަޔަކު ފަޅާއަރުވާލުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް