ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް
ބައެއް މަގާމުތަކަށް ސޯލިހުގެ ސަރުކާރުން ފޮނުވި ނަންތައް ގެންގޮސްފި
މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރީ ސަރުކާރުގެ ފަހު ކޮޅު ފޮނުވާފައި ހުރި ނަންތައް މި ސަރުކާރުން އަބުރާ ގެންގޮސްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 26 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް ގެ މެންބަރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު ފޮނުއްވާފައިވާ ނަންފުޅުތައް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު އެ ނަންފުޅުތައް އަނބުރާ ގެންދިއުމަށް އެދި މި މަހުގެ 22 ވަނަ ދުވަހު މަޖިލީހަށް ސިޓީ ފޮނުވާފަ އެވެ. 

އަދިމީގެ އިތުރުން ޕީސީބީ އަށް އައްޔަންކޮށް ރުހުން ދިނުމަށް ފޮނުވައިފައިވާ ދެ ބޭފުޅެއް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ ފާތިމަތު ޝިރުވީން އަދި މުހައްމަދު އާޒާދެވެ. އެ ދެ ބޭފުޅުން ވަނީ ސަރުކާރު ބަދަލުވުމާ އެކު ޕީސީބީގެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

ބޭރު ބައެއް ގައުމުތަކަށް ވެސް ސަފީރުން އައްޔަނު ކުރުމަށް ކުރީ ސަރުކާރުން ފޮނުވާފައިވާ އިރު އެނަންތައް ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 

  • ބަންގްލަދޭޝްއަށް - ޝިއުނީން ރަޝީދު
  • ޕާކިސްތާނަށް - ހަދީޖާ ނަޖީހާ
  • ޗައިނާއަށް - ހުދާ އަލީ ޝަރީފް
  • ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް - މަރިޔަމް މިދުފާ ނައީމް

މި ހަތަރު ބޭފުޅުންގެ ނަންތަށް ވެސް އަނބުރާ ގެންދިއުމަށް މި ސަރުކާރުން ވަނީ އެދިފަ އެވެ. 

ކުރީ ސަރުކާރުން ވެރިކަމުގެ ފަހުކޮޅު މަގާމުތަކަށް ބޭފުޅުން އައްޔަންކުރަން ފޮނުވާތީ އޭރު އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް