ads
ވީއައިއޭ-- ފޮޓޯ: އަވަސް
ބުުރާސްފަތި ދުވަހު ރާއްޖެއަށް އެންމެ 3 ފްލައިޓް
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓްތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ފްލައިޓް ޖައްސަމުންދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހޯމަ ދުވަހު ޖައްސާފައިވަނީ އެންމެ 16 ފްލައިޓެވެ.

މިއަދު ރާއްޖެއަށް އައުމަށް ޝެޑިއުލްކޮށްފައިވާ ފްލައިޓްތަކުގެ ތެރެއިން ގިނަ ފްލައިޓްތައް ކެންސަލްކުރުމާއެކު މިއަދު ރާއްޖެއަށް އަންނަނީ އެންމެ ހަ ފްލައިޓެވެ. އެއީ ދުބާއީގެ ފްލައިޓަކާއި، އަބޫދާބީގެ ފްލައިޓަކާއި، މޮސްކޯގެ ފްލައިޓެއްގެ އިތުރުން ފްރޭންކްފާޓްގެ ފްލައިޓަކާއި ދޯހާ އަދި ޔޫކްރެއިންގެ ފްލައިޓެކެވެ.

ބުދަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ، މޮސްކޯގެ ފްލައިޓަކާއި، ފްރޭންކްފާޓްގެ ދެ ފްލައިޓްގެ އިތުރުން ދޯހާގެ ފްލައިޓެކެވެ.

ބުރާސްފަތި ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ ތިން ފްލައިޓެވެ. އެއީ ޒޫރިޗް އަދި މޮސްކޯގެ ދެ ފްލައިޓާއި ކޮލޮމްބޯއިން އަންނަ އެއް ފްލައިޓެވެ. ކޮލޮމްބޯ އިން އަންނަން ހަމަޖެހިފައި އޮތް ފްލައިޓަކީ ލަންކާގައި ތިބި ދިވެހިން ގެންނަން ސަރުކާރުގެ ހުއްދައާއެކު އަންނަ ޗާޓާޑް ފްލައިޓެކެވެ.

ރާއްޖެއަންނަ ގިނަ ފްލައިޓަށް ވަގުތީގޮތުން ހުއްޓާލާފައިވާއިރު މީގެ ތެރޭގައި ބޮޑެތި އެއާލައިންތައް ކަމަށްވާ އިއްތިހާދު، ސިންގަޕޯ އަދި ޓާކިޝް އެއާލައިން ހިމެނެއެވެ. އެމިރޭޓްސް އެއާލައިނުން ވެސް ބުދަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލާނެއެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް