ads
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ: އީވާ މަގާމުން ވަކިކުރުމަށް ހަވީރު ޖަލްސާއެއް ބާއްވާ ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް މަޖިލިހުން ވަނީ ބުނެފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އީވާ މަގާމުން ވަކިކުރަން ތްރީލައިން ވިޕް ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕް ނެރެފި އެވެ.
Advertisement

އީވާ ވަކިކުރުމަށް ހުށައެޅި ގަރާރުގައި ސޮއިކުރައްވާފައިވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ.

އީވާ ނައިބު ރައީސްކަމުން ވަކިކުރުމަށް 2 ވަނަ ފަހަރަށް ހުށައެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށައެޅި މައްސަލަ އެޖެންޑާކޮށް އެ މައްސަލަ ކުރިޔަށް ނުގެންދެވި މަޖިލިސް ބޮޑު ހާޖާނު ގަޑެއްގެ ތެރޭގައި ވަނިކޮށެވެ.

އީވާ ވަކިކުރުމަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އީވާ އަބްދުﷲ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއްކަމަށާއި ނަޝީދު ވަކިކުރުމުގެ މައްސަލަގައި މަޖިލީހުގެ ރިޔާސަތާއި އީވާ ހަވާލުވެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށްވެސް އެމްޑީޕީން ވަނީ ބުނެ އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިމައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 16 ވަނަ ދުވަހު އެވެ. 

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕް ނެރުނީ މިއަދު ބޭއްވި އެ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޕާޓީން ނެރޭ ވިޕަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަމަލުކުރުން އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަޖުބޫރުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް